އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ މިނިސްޓްރީއާއި ތާޖް ކޮރަލް ރީފް ރިސޯޓް އެންޑް ސްޕާއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފި އެވެ.
އެ މިނިސްޓްރީން ބުނީ މި ފަހުމުނާމައިގެ މައިގަނޑު މަޤްޞަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތަކާއި ތަޖުރިބާ ފަހިކޮށްދިނުން ކަމަށެވެ.
އަދި މުޖުތަމަޢުގައި އިޖުތިމާޢީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ހުރިހާ ފަރުދުންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވުމާއެކު މި އެއްބަސްވުމުގެ ސަބަބުން، ދައުލަތުގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ވަޒީފާގެ ދާއިރާގައި ކުރިއެރުން ހޯދުމުގެ މަގު ތަނަވަސްވެ، އުޖާލާ މުސްތަޤްބަލަކަށް މަގުފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
+1
+1
+1
+1
+1
+1








