ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާނުކޮށްފި ކޮށްފި އެވެ.
ޕީއެންސީން ނެރުނު އިއުލާނެއްގައިވާ ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އާއްމުކޮށް، އެކަމާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފައިވާ ކަމަށެއެވެ. އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕީއެންސީގެ ޕްރައިމަރީގައި ޖުމްލަ 298 ކެންޑިޑޭޓުން ވާދަކުރާނެ އެވެ.
އޭގެ ތެރެއިން ކައުންސިލުތަކުގެ ޕްރައިމަރީގައި 180 ކެންޑިޑޭޓުން ވާދަކުރާ އިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 118 ކެންޑިޑޭޓުން ވާދަކުރެއެވެ.
ޕީއެންސީން ނެރުނު އިއުލާނެއްގައި ބުނީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައި ހޮވިފައިވާ ފަރާތްތަކުގެ މައުލޫމާތު އެ ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.
އަންނަ އޭޕްރީލް 4 ގައި ބޭއްވުމަށް ތާވަލުކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމެޓީތަކުގެ އިންތިހާބުގައި ކޮންމެ ދާއިރާއަކުން 681 މީހުން އިންތިހާބު ކުރާނެ އެވެ. އެއާއެކު ދެ އިންތިހާބުން ޖުމްލަ 1،362 މީހުން އިންތިހާބު ކުރަން ޖެހެ އެވެ.
އެ ޕާޓީގެ މެންބަރުންގެ އަދަދު ވަނީ 70،000 އަށްވުރެ މައްޗަށް އަރައިފައެވެ.








