ރިސޯޓެއްގެ ޑަސްބިނެއްގެ ތެރެއިން ވިހެއުމަށް ފަހު، އެއްލައިލައިފައިވާ ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، ވ. އަތޮޅު ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެން ގޮސް ނިޔާވެފައިވާ މައްސަލައެއް ހުށަހެޅީ އިއްޔެ ހެނދުނު 10:06 އެހާއިރު ކަމަށެވެ.
"ވ. އަތޮޅު ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެއިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް 26 ޑިސެމްބަރު 2025 ވަނަ ދުވަހު ހެދުނު 10:06 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވޭ." ފުލުހުން ބުންޏެވެ.
އެ ސަރަހައްދުން ކުނި ވަސް ދުވައިގެން ހޯދަމުން ދަނިކޮށް، އެ ސަރަހައްދުގައި ބަހައްޓައިފައި ހުރި ޑަސްބިނަކުން ތުއްތު ކުއްޖާ ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
+1
+1
+1
+1
+1
+1








