ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމާ ބެހޭ އެމްއޯޔޫއެއްގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއި ފުލުހުން ސޮއިކޮށްފިއެވެ.
މި އެމްއޯޔޫއާ ގުޅިގެން ފުލުހުން ބުނީ، މި އެމްއޯޔޫއަކީ އެއާޕޯޓުގައި ދިމާވާ ކުއްލި ހާލަތްތައް މެނޭޖުކުރުމުގައި އެމްއޭސީއެލާއި ފުލުހުންނާ ދެމެދު، ގުޅިގެން މަސައްކަތް ކުރުން ހަރުދަނާކުރުމަށް ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.
މި އެމްއޯޔޫގެ ތެރެއިން ކުއްލި ހާލަތްތައް ދިމާވާ ވަގުތުތަކުގައި ދެ ފަރާތުގެ ދެމެދު ހިނގާ މުއާމަލާތްތައް އަވަސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.
+1
+1
+1
+1
+1
+1








