ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ކަމަށް މިސަރުކާރުގެ ފުރަތަމަ އެގްރިކަލްޗަރ މިނިސްޓަރ ޑރ. އާއިޝަތު ރަމީލާ އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި އެޗްއާރްސީއެމްގެ ރައީސް ކަމަށް ރަމީލާ އައްޔަންކުރަން ފާސްވީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
ރަމީލާ އައްޔަން ކުރަން ފާސްކުރުމަށްފަހު މިއަދުގެ މަޖިލިސް ޖަލްސާ ވަނީ ނިންމާލާފައެވެ.
އެޗްއާރުސީއެމްގެ މެންބަރު ކަމަށް އާއިޝަތު ރަމީލާ އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ.
+1
+1
+1
+1
+1
+1








