މީގެ ހަތަރުމަސް ކުރިން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމަށް އައްޔަން ކުރެއްވި އަހުމަދު ސަމާހު ޝަރީފު މިއަދު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން ބޯޑުން ބުނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް – ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، ޑިރެކްޓަރުންގެ ބޯޑް މެމްބަރުކަމުގެ މަޤާމުން މ. ސިސްކަން، އަލްފާޟިލް އަޙްމަދު ޝަމާޙް ރަޝީދު މިއަދުން ފެށިގެން ވަނީ ވަކިކޮށްފައި ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސެއިން ފަހުމީ ވަކިކޮށް، އެ މަގާމަށް ޝަމާހް އައްޔަންކޮށްފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ.
ސަމާހު ސްޓެލްކޯގެ އެމްޑީކަމުން ވަކި ކުރި ސަބަބެއް ޕްރައިވެޓައިޒޭޝަން ބޯޑުން ހާމަކޮށްފައެއް ނުވެ އެވެ.
ޝަމާހު މީގެ ކުރިން ހުންނެވީ މިފްކޯގެ ސީއީއޯގެ މަގާމުގަ އެވެ. އޭނާ ދެފަހަރެއްގެ މަތިންް އެމަގާމުން ސަސްޕެންޑް ކުރުމަށްފަހު މިފްކޯގެ ސީއީއޯގެ މަގާމުން އޭނާ ވަކި ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު އެވެ.








