މަސްވެރިން ބާނާ މަހަށް ސަރުކާރުން ގަވާއިދުން ފައިސާ ދޫކުރަމުން އަންނައިރު، 37 ދޯންޏަކަށް 1.2 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ބުނެފިއެވެ.
މިފްކޯ އިން މީޑިޔާއާ ހިއްސާކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 17 ވަނަ ދުވަހު ކިރުވި މަހަށް، މަސްދޯނި ފަހަރަށް މިއަދު ޖަމާކުރީ 1،295،488.71ރ. (އެއް މިލިއަން ދެލައްކަ ނުވަދިހަ ފަސް ހާސް ހަތަރު ސަތޭކަ އަށްޑިހަ އަށް ރުފިޔާ، ހަތްދިހަ އެއް ލާރި) އެވެ.
މީގެތެރެއިން، ކަޅުބިލަމަސް ކިރުވި 32 ދޯންޏަކަށް 1،210،013.71ރ. (އެއް މިލިއަން ދެލައްކަ ދިހަހާސް ތޭރަ ރުފިޔާ، ހަތްދިހަ އެއް ލާރި) ދީފައިވާއިރު، 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި ފަސް ދޯންޏަކަށް 85،475ރ. (އައްޑިހަ ފަސް ހާސް ހަތަރު ސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ވަނީ ޖަމާކޮށްދީފައެވެ.
މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 16 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންނަށް ވިއްކާ ތެލުގެ އަގު 13 ރުފިޔާއަށް ވަނީ ހެޔޮކޮށްފައެވެ.








