ބީއެމްއެލް އިސްލާމިކްގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ހުޅުވާލި ހައްޖު ޕްރޮމޯޝަނުން ހައްޖައް ދިއުމުގެ ފުރުސަތު ލިބޭ 10 ނަސީބުވެރިން ހޮވައިފި އެވެ.
ބީއެމްއެލުން އެ ޕްރޮމޯޝަން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
ބީއެމްއެލުން ބުނީ ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރި ކުރީ ބީއެމްއެލް އިސްލާމިކްގެ ހިދުމަތް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، އަލަށް ހިދުމަތް ބޭނުން ކުރަން ފެށި ކަސްޓަމަރުންގެ ތެރެއިން ފައިނޭންސިން ފެސިލިޓީއެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުންނާއި، މުސާރަ ޖަމާކުރާ ކަސްޓަމަރުންނާއި، ޖެނެރަލް އިންވެސްޓްމެންޓް އެކައުންޓް ނުވަތަ އިސްލާމިކް ކްރެޑިޓް ކާޑެއް ބޭނުންކުރަމުންދިޔަ ކަސްޓަމަރުން ކަމަށެވެ.
ހައްޖުގެ ފުރުސަތު ލިބުނު ނަސީބުވެރިން:
1- ފާތިމަތު ޖަބީން
2- މުފީދް އަބްދުލް ވައްހާބް
3- ލުގްމާން މުހައްމަދު
4- އަބްދުﷲ ފާލިހް
5- އަބްރާހިމް ނަސީރް
6- ސުހެއިލް އިބްރާހިމް
7- ސުއައިދް މުހައްމަދު
8- ސަދާގަތް އަބްދުﷲ
9- ޝިނާން އަބްދުﷲ
10- އަހުމަދު ނިޝާދް








