ށ. ފުނަދޫގައި ގާއިމު ކުރަން ނިންމާފައިވާ ޓިވެޓް ސެންޓަރުގެ ބިންގާ އަޅައިފި އެވެ.
އެތަނުގެ ބިންގާ އިއްޔެ އަޅުއްވައި ދެއްވީ ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.
މި ޓިވެޓް ސެންޓަރުގައި، އެކި ފަންނުތައް ދަސްކޮށްދޭ، އެކި ލެވެލްގެ ޓެކްނިކަލް ވޮކޭޝަނަލް ކޯސްތައް ހިންގާ ގޮތަށް ހަމަޖެހިފައުވެ އެވެ. މިއީ ރާއްޖޭގައި ކުރިއަށްދާ އެކި ކަހަލަ ސިނާޢީ މަސައްކަތަށް ބޭނުންވާ ފަންނު ބިނާ ކުރުމަށް އެޅޭ ވަރަށް މުޙިއްމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
ފުނަދޫ ޓިވެޓް ސެންޓަރަކީ 17,500 އަކަފޫޓުގެ ބިމެއްގައި ދެ ބުރިއަށް ހަދާ އިމާރާތެކެވެ. ކުރާ އިމާރާތެކެވެ. އެތަނުގައި ތަފާތު ދާއިރާތަކުން އަމަލީ ތަމްރީނު ދިނުމަށް މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން، ތަފާތު ކްލާސް ރޫމްތަކާއި، ފަހުގެ ވަސީލަތްތަކާއެކު އައި.ސީ.ޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. އަދި އިދާރީ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއަކާއި، ސްޓާފް ރޫމަކާއި، ދަރިވަރުންގެ ޚިދުމަތްތަކަށް ޚާއްޞަ އޭރިއާއެއްގެ އިތުރުން، މީޓިންގ ރޫމްތަކާއި، ސްޓަޑީ ރޫމްތަކާއި ލައިބްރަރީ ފަދަ ތަޢުލީމީ މަރުކަޒަކަށް ބޭނުން ވާނެ އެންމެހާ މުހިއްމު ވަޞީލަތްތައް އެ ތަނުގައި ޤާއިމު ކުރާނެ އެވެ.
މި މަޝްރޫއުގެ މަސައްކަތް ސެންޓްރަލް ލައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައި ވަނީ 12 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ފުނަދޫގައި އަންނަނީ ގައުމީ ޔުނިވަސިޓީގެ ކެމްޕަހަކާއި، އިސްލާމިކް ޔުނިވަސިޓީގެ ކެމްޕަހަކާއި ދަނާލެއް އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.








