ކުޅުދުއްފުށީގައި ވެސް ސަރުކާރުގެ އައިނު ފިހާރަ ހުޅުވައިފި އެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ސިޓީގައި އިއްޔެ ހުޅުވި އެ ފިހާރަ އަކީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް) އިން ހުޅުވި ހަތަރު ވަނަ އައިނު ފިހާރަ އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ގާއިމުކުރި އައިނު ފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމެވެ. އިބްރާހީމެވެ. އެ ރަސްމިއްޔާތުގައި އެމްސީޖީއެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެނޭޖްމަންޓާއި މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ސަރުކާރުގެ އައިނު ފިހާރަ އެންމެ ފުރަތަމަ ހުޅުވީ އައިޖީއެމްއެޗްގަ އެވެ. އަދި ދެވަނަ ފިހާރަ ހުޅުވީ ހުޅުމާލޭ ހޮސްޕިޓަލްގަ އެވެ. ތިން ވަނަ ފިހާރަ މި މަހުގެ ކުރީކޮޅު ހުޅުވީ އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގަ އެވެ.








