މިއަދުން ފެށިގެން އޮންލައިން 7 ޕްލެޓްފޯމަކުން ފިތުރު ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސް އިން ބުނެފި އެވެ.
ފިތުރު ޒަކާތް އޮންލައިންކޮިށް ދެއްކޭ ޕްލެޓްފޯމްތައް:
* އުރީދޫގެ އެމްފައިސާ
* ދިރާގުގެ ދިރާގުޕޭ
* އިސްލާމިކް ބޭންކުގެ ފައިސާ މޮބައިލް އެޕާއި ވެބްސައިޓު
* ބީއެމްއެލްގެ މޯބައިލް އެޕާއި ވެބްސައިޓު
* ފަހިޕޭގެ މޯބައިލް އެޕާއި ވެބްސައިޓު
* އަވަސް އެޕް
* ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް
އޮންލައިންކޮށް ޒަކާތް ނުދެއްކޭ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް، މާލޭގެ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަންނާނެ އެވެ. އަދި ރޯދަ މަހުގެ ފަހު 10 ގައި ވެސް ޒަކާޔް ބަލައިގަންނާނެ ކަމަށް، ޒަކާތު ހައުސް އިން ބުންޏެވެ.
ރަށްރަށުގައި ނަމަ، ނަގުދު ފައިސާއިން ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖައްސަން ޖެހޭނީ ރަށްރަށުގެ ކައުންސިލުންނެވެ.
ފިތުރު ޒަކާތަށް ދައްކަން ޖެހޭ މިންވަރު:
* އާދައިގެ ހަނޑޫ: 12ރ.
* ތައިލެންޑް ހުދު ހަނޑޫ: 53ރ.
* ރަތް ހަނޑޫ: 96ރ.
* ބަސްމަތީ ހަނޑޫ އާދައިގެ: 77ރ.
* ބާސްމަތީ ހަނޑޫ މޮޅު: 109ރ.
* ބާސްމަތީ ހަނޑޫ އެންމެ މޮޅު: 136ރ.
* އާދައިގެ ފުށް: 10ރ.
* އާޓާ ފުށް: 75ރ.
ޒަކާތް ބަލައިގަތުން ރޯދަ މަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6:00 ޖެހުމާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.








