ރ. ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.
ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި އެރަށު ކައުންސިލްގެ މެންބަރުންނާއި ޞިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ވާދޫ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.
+1
+1
+1
+1
+1
+1








