އިލެކްޝަންސް ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މިއަދު އެ މަގާމުން އިސްތިއުފާދެއްވައިފިއެވެ.
އެނގިފައިވާ ގޮތުގައި ޒާހިދު ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ކޮމިޝަންގެ މެންބަރުންނަވެސް ދަންނަވާފަ އެވެ.
އީސީގެ ރައީސަކަށް އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ރުހުން ދިނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުއެވެ.
ޒާހިދަކީ މީގެ ކުރިން ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްއާރްސީއެމުން ވަކިކުރީ ކުރީގެ މަޖިލީހުގައި އޭނާގެ އިތުބާރު ނެތް ކަމަށް ފާސްކުރުމުންނެވެ.
+1
+1
+1
+1
+1
+1








