ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުމާއި ބެހޭ ގައުމީ އިދާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓުން ހުދު ސަމާލު ނެރެފައިވަނީ ލ. އަތޮޅުން ފެށިގެން އައްޑު އަތޮޅާއިހަަމައަށް މިއަދުގެ ފަތިހު 05:00 އިން ފެށިގެން މިއަދު 10:00 އާއި ހަަމައަށެވެ. އަދި ނ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް މިއަދު ހެނދުނު 7:15 އިން ފެށިގެން މެންދުރުފަހު 1 ޖެހުމާހަމައަށެވެ.
މެޓުން ބުނީ، މިވަގުތު ތަކުގައި ބޯކޮށް ވާރޭވެހުމާއި އެކު ގުގުރުން އެކަށީގެންވާކަމަށެވެ.
އަންނަ މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް، ރާއްޖެއަށް އާންމުކޮށް ވެހޭ ވަރަށް ވުރެ އިތުރަށް ވާރޭ ވެހުމުގެ ފުރުސަތު ބޮޑު ކަމަށް މެޓުން އިއްޔެ ވަނީ ބުނެފަ އެވެ. އަދި އެދުވަސްވަރު ހުރިހާ ސަރަހައްދެއްގައި ވެސް ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށް ވުރެ މަތިވާނެ ކަމަށް ވެސް ބެލެވޭ ކަމަށް މެޓް އޮފީހުން ބުންޏެވެ.
މި ދުވަސްކޮޅަކީ ރާއްޖޭ އެކި ސަރަހަށްދަށް ވިއްސާރަ ދުވަސްކޮޅެކެވެ. އެހެންކަމުން މެޓުން ވަނީ ހުރިހާ ފަރާތް ތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފަ އެވެ.








