މާލެއަށް ދަތުރުކުރަމުން ދަނިކޮށް ފަޅައިގެން ދިޔަ ލޯންޗުގައި ތިބީ ވަަތަނީ ހިދުމަތުގެ ދަރިވަރުންތައް މިހާރު މާލެއަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ މާފިލާފުށިން، މާލެއަށް ދަތުރުކުރި ލޯންޗެއް ފަޅައިގެން ގޮސްފައިވާކަމުގެ ރިޕޯޓެއް ލިބިފައިވާތީ، މެރިން ޕޮލިހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ލޯންޗުން ދަތުރުކުރި މީހުން ސަލާމަތް ކުރުމަށް، މެރިން ޕޮލިސްގެ ދެ ލޯންޗެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާކަމަށް ފުލުހުން ބުންޏެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ނޭޝަނަލް ސާވިސް އިނީޝިއަލް ޓްރެއިނިން ކޯސް - 2 ގެ ދަރިވަރުން ގޮވައިގެން މާފިލާފުށިން، މާލެއަށް ދަތުރުކުރި އެއް ލޯންޗު، ހުޅުމާލެއާ ހިސާބުން ފަޅައިގެން ގޮސްފައިވާ ކަމަށެވެ.
އެ ލޯންޗު ދިޔަވެ އަޑިއަށް ދާތީ، އެ ލޯންޗުގައި ތިބި ކުދިން ވަނީ ކަނޑަށް ބާލާފައިކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެ އުޅަނދުގައި ގާތްގަނޑަކަށް 60 އަންހެން ކުދިން ތިބި ކަމަށް ވެ އެވެ.
ލައިފްޖެކްޓް އަޅައިގެން ކުދިން ކަނޑުވެފައި ތިބި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.








