ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ތުހުމަތުތަކެއްކޮށް 'އަދަދު' ނޫހުން ނެރުނު ޑޮކިއުމަންޓްރީއާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފުވިކަމަށް ބުނެ، ކުރީގެ ދެ ރައީސުންނާއި މަޖިލީހުގެ ބައެއް މެންބަރުންގެ މައްސަލަ އަމިއްލަ ފަރާތަކުން ކޯޓަށް މިއަދު ހުށަހަޅައިފިއެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ނަޝީދުގެ އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް އަމުރާ ހިލާފުވަމުންދާ ކަމަށާއި ޔާމީން ވެސް އެ ޑޮކިއުމެންޓްރީގެ ވާހަކަ ދައްކަވަމުން ގެންދަވާކަން ފާހަގަކޮޮށްފައިވެ އެވެ.
އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އާއި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި ރައީސް މުހައްމަދު މުއިއްޒު އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު އަދި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ކޯޓުގެ އަމުރާ ހިލާފުވެފައިވާ ކަމަށް މައްސަލާގައި ފާހަގަކޮށްފައިވެ އެވެ.
މި މަހުގެ 11 ގައި ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައި، އައިޝާ ޑޮކިއުމެންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން މުޅިން މަނާކޮށް، އެ ވީޑިއޯގައި ހިމެނޭ ވާހަކަތައް، އެއްވެސް ފަރާތަކުން ސީދާގޮތުންނާއި ނުސީދާގޮތުން ދެއްކުން މަނާކުރި އެވެ.
މި މައްސަލައާ ގުޅިގެން ކޯޓުން ނެރުނު އަމުރާ ޚިލާފުވިކަމަށް ކަނޑައަޅައި، މިދިޔަ ހަފުތާގެ ތެރޭގައި 'އަދަދު' ނޫހުގެ ދެ ނޫސްވެރިޔަކު ވަނީ ޖަލަށްވެސް ލާފައެވެ.








