ރާއްޖެއިން މިއަހަރު ހައްޖަށްދާ މީހުންގެ ކަންތައްތައް އިސްކޮށް ބެލެހެއްޓެވުމަށްޓަކައި، އަމީރުލްހައްޖުގެ ގޮތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ހަމަަޖައްސަވައިފި އެވެ.
އަމީރުލްހައްޖުގެ ގޮތުގައި ވަޑައިގަންނަވާނެ ބޭފުޅުން ރާއްޖޭގައި ކަނޑައަޅަނީ އަބަދުވެސް ރައީސެވެ.
އަމީރުލްހައްޖުގެ ގޮތުގައި އައްޔަނު ކުރާ ފަރާތަކީ ދިވެހި ދައުލަތުގެ ފަރާތުން ރާއްޖެއިން ހައްޖަށްދާ މީހުންގެ އެންމެހާ ކަންތައްތައް ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.
މިި އަހަރު ހައްޖަށްދާ ފަހު ގްރޫޕް ވެސް މިއަދު ހެނދުނު ވަނީ ފުރައިފައެވެ. ކުރީ އަހަރުތަކެކެކޭ އެއްގޮތަށް މި އަހަރު ވެސް 1000 ދިވެހިން ހައްޖުގެ އަޅުކަން އަދާކުރާނެއެވެ.
+1
+1
+1
+1
+1
+1








