ހުޅުމާލޭގައި ކޮވިޑް-19 ދިފާއު ވެކްސިން ދޭ ސެންޓަރު، ހުޅުމާލޭ ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.
މީގެ ކުރިން ހުޅުމާލެ ވެކްސިން ސެންޓަރު ހުރީ އެތަނުގައި ހުންނަ ފްލޫ ކްލިނިކުގަ އެވެ. ހުޅުމާލެ ފްލޫ ކްލިނިކު ބަންދު ކުރުމާއިއެކު މިއަދުން ފެށިގެން ވެކްސިން ދިނުން ކުރިއަށް ގެންދާނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުގައިވެސް ވެކްސިން ދިނުން ކުރިއަށް ގެންދާނީ މާލެ ސަރަހައްދުގެ އެހެން ވެކްސިން ސެންޓަރުތަކެކޭ އެއްގޮތަށް އެޕޮއިންޓްމެންޓު ދޫކޮށްގެންނެވެ. އެޕޮއިންޓްމެންޓު ހައްދަން ޖެހޭނީ book.hpa.gov.mv އިންނެވެ.
މާލެ ސަރަހައްދުގައި 6 ސެންޓަރެއްގައި ދަނީ ކޮވިޑް ވެކްސިން ދެމުންނެވެ. އެއީ ސޯޝަލް ސެންޓަރު، އިސްލާމީ މަރުކަޒު، އާޓް ގެލެރީ، ދަމަނަވެށި، ވިލިމާލެ ޔޫތު ސެންޓަރުގެ އިތުރު ހުޅުމާލެ ހޮސްޕިޓަލުގަ އެވެ.