އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު ކުރެވޭ ފުލުސް މީހާ ވަޒީފާއިން ސަސްޕެންޑު ކޮށްފި އެވެ.
ފުލުސް މީހާ ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވެނީ އުމުރުން 14 އަހަރުގެ ކުއްޖަކަށެވެ. މިމައްސަލައިގައި ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ވަނީ އެމީހާ ވަކި މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބަހައްޓަން ހުކުމް ކޮށްފަ އެވެ.
14 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރީ ބިރު ދައްކައިގެން ކަމަށް ވެއެވެ. މިމައްސަލަ ފެންމަތިވުމާއިއެކު އެ ފުލުސް މީހާ ހައްޔަރު ނުކޮށްގެން އައްޑޫ ސިޓީގައި ވަނީ މުޒާހަރާކޮށްފަ އެވެ.
ގިނަ ރައްޔިތުންނަކެއް ނިކުމެ ކުރި މުޒާހަރާ ހޫނުވެ ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނާއިމެދު ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންވެސް ކޮށްފަ އެވެ.
ފުލުސް މީހާ ހައްޔަރު ކުރީ ރޭގެ ވަގުތެއްގަ އެވެ. މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.