މާލޭ ސިޓީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި އެކި ކަންކަމާއި ގުޅުންހުރި ހިޔާލުތައް ހުށަހެޅުމަށް ހާއްސަ ޕޯޓަލްއެއް ހަމަޖައްސައިފި އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޝަކުވާތަކާއި ހިޔާލު ހުށަހަޅަން ބޭނުންވާ ކޮންމެ މީހަކަށްވެސް ޕޯޓަލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ކަމަށެވެ.
ޕޯޓަލްގައި ހިޔާލު ނުވަތަ ޝަކުވާ ހުށަހަޅާއިރު އެމީހެއްގެ ފުރިހަމަ ނަމާއި އީމެއިލް އެޑްރެސް ނުވަތަ ގުޅޭނެ އެހެން ގޮތެއް ކައުންސިލަށް ފޯރުކޮށްދޭން ޖެހެ އެވެ. އެގޮތުން ނިސްބަތްވާ އަވަށާއި، އެޑްރެސް ޖަހަން ޖެހެ އެވެ. އޭގެ ފަހުން އެމީހަކު ބޭނުންވާ ހިޔާލެއް ނުވަތަ ޝަކުވާއެއް ހުށަހެޅޭނެ އެވެ.
ހުށަހަޅާ ހިޔާލު ނުވަތަ ކަންބޮޑުވުމާއި ބެހޭ ފޮޓޯއެއް ހިއްސާކުރައްވަން ބޭނުންވާނަމަ އެކަންވެސް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ޕޯޓަލްއެއް ތައާރަފު ކުރީ ރައްޔިތުންނަށް ވީހާވެސް އަވަހަށް އަދި ގާތުން ސިޓީ ކައުންސިލާއި މުއާމަލާތް ކުރެވޭނެ ގޮތެއް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.