ދޯންޏެއް އަޑިއަށް ގޮސް، އެ ދޯނީގައި ތިބި ތިން މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ "އަލަމާ-05" ނަމަކަށް ކިޔާ ދޯންޏެއް ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލު ބޭރުގައި އޮއްވައި ދިޔަވެ އަޑިއަށް ދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
އަދި މި ދޯނީގައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ދޯންޏަކީ ފ.ފީއަލިކައިރިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް ކަމަށެވެ. ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން އެ ދޯނި ދިޔަވެ އަޑިއަށްދާކަމުގެ ރިޕޯޓު އެ ފޯސް އަށް ލިބުނީ ރޭ 23:22 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
+1
+1
+1
+1
23
+1
+1
1