ސްޓެލްކޯގެ ޗެއަރމަން މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.
މުހައްމަދު ރަޝީދު ވަނީ 50 އަަހަރަށްވުރެ ގިނަ ދުވަހު ސްޓެލްކޯއަށް ޚިދުމަތް ކުރައްވާފައެވެ.
ރަޝީދު އަވަހާރަވެފައިވަނީ ހާޓްއެޓޭކެއް ޖެހިގެން އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ މެންދުރުގެ ވަގުތެއްގައި ކަމަށް އާއިލާއިން މައުލޫމާތުދެއެވެ.
ސްޓެލްކޯގެ ޗެއަރމަން ކަމަށް މުހައްމަދު ރަޝީދު އައްޔަން ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. އޭގެ ކުރިން މުހައްމަދު ރަޝީދު ވަނީ ސްޓެލްކޯގެ އެސިސްޓެންޓް މެނޭޖިންގ ޑިރެކްޓަރ ކަމާއި ސީއީއޯގެ މަގާމު ވެސް ފުރުއްވާފަ އެވެ.
+1
+1
+1
+1
+1
+1