މާލެ ސަރަހައްދަުގައި ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ޖަހައިދޭ ގަޑިތަކަށް ބަދަލު ގެނެސްފި އެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގައި ހޮނިހިރު ދުވހުން ބުދަ ދުވަހަށް ހެނދުނު 9 އިން 12:45އަށް އަދި 2 އިން 6:45 އަށް އެޕޮއިންޓަމަންޓް އުސޫލުން ވެކްސިން ޖަހައިދޭނެ ކަމަށެވެ.
ސެނަހިޔާ އިން ހޮނިހިރުން ބުދަ ދުވަހަށް މެންދުރު 12 އިން 03:00 އަށް ވެކްސިން ޖަހައިދޭނެއެވެ. ސެނެހިޔާގައި ސިނަފާމް ވެކްސިން ޖަހައިދިނުން ކުރިޔަށް ދާނީ އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހަށް ހެނދުނު 8:30 އިން 9 އަށް އަދި އެސްޓްރަޖެނެކާ ވެކްސިން ޖަހައިދޭނީ އާދިއްތައިން ބުރާސްފަތި ދުވަހަށް ހެނދުނު 10:30 އިން 11:00އަށެވެ.
ދަމަނަވެށީގައި އާދިއްތައިން ބުދަ ދުވަހަށް މެންދުރު 1 އިން ހަވީރު 4އަށް ވެކަސިން ޖަހައިދޭން ހަމަޖެހިފައިވާއިރު ދަރުބާރުގޭގައި ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 11 އިން 1އަށް އަދި 2 އިން 5:45 އަށް އެޕޮއިންޓަމަންޓް އުސޫލުން ވެކްސިން ޖަހުން ކުރިޔަށްދާނެއެވެ. ހުޅުމާލެ ހޮސްޕިޓަލްގައި ވެކްސިން ޖަހާނީ ހޮނިހިރުން ބުދަ ދުވަހަށް ހެނދުނު 9 އިން 1 އަށް އަދި 2 އިން 5 އަށެވެ.
ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.