ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ވެކްސިން ފުރިހަމަކޮށްފައިވާ، ބަލީގެ އަލާމާތް ނެތް މީހުން ކަރަންޓީންވާން ނުޖެހޭ ގޮތަށް އެޗްޕީއޭ އިން އުސޫލު ބަދަލުކޮށްފި އެވެ.
މި ބަދަލާ އެކު މިހާރު ވަނީ ވެކްސިން ފުރިހަމަވި ކަމަށް ބަލާނެ މިންގަނޑު ވެސް ބަދަލުކޮށްފަ އެވެ. އެއީ ވެކްސިންގެ ދެ ވަނަ ޑޯޒް ޖެހިތާ ހަ މަސް ނުވުން އަދި ހަ މަސް ވެފައިވާ ނަމަ ބޫސްޓަ ޑޯޒް ޖަހާފައިވާ ވުމެވެ.
އެގޮތުން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ކޮންޓެކްޓުންގެ ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ އެންޓިޖަން ނުވަތަ ޕީ.ސީ.އާރު ޓެސްޓު ހަދައި ނަތީޖާ ނެގެޓިވް ވެއްޖެނަމަ ކަރަންޓީނުވާން ނުޖެހޭނެއެވެ.
ނަމަވެސް ކޮވިޑަށް ނެގެޓިވްވާ މީހުންގެ ކޮންޓެކްޓުންގެ
ތެރެއިން ކޮވިޑް-19 ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން، ޕޮޒިޓިވްވާ މީހާއާ އެންމެ ފަހުން ދިމާވި ތާރީޚުން
ފެށިގެން 5 (ފަހެއް) ދުވަސް ވުމުން ޕީ.ސީ.އާރު ޓެސްޓެއް ހެދަން ޖެހޭނެ ކަމަށާއި އެގޮތަށް ޢަމަލުކުރެވޭނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންނާ މުޅިން ވަކިން ކަރަންޓީނުގައި ތިބޭ ކޮންޓެކްޓް ވެފައިވާ މީހުންނެވެ.
އަލަށް ހަމަޖެއްސި އުސޫލުގައި، އެންޓިޖެން ސެލްފް ޓެސްޓް ކިޓުން އަމިއްލައަށް ޓެސްޓުކޮށް ޕޮޒިޓިވް ވެއްޖެ ނަމަ ވެސް ޕޮޒިޓިވް މީހުންނަށް އޮތް އުސޫލަށް އަމަލުކުރަންޖެހޭނެ އެވެ. އެކަމަކު އެ މީހުންނަށް އައިސޮލޭޝަން އަދި ކަރަންޓީން ޑޮކިއުމެންޓް ދޭނީ ހުއްދަ އޮތް ސިއްހީ އިދާރާއަކުން ޕީސީއާރް ނުވަތަ އެންޓިޖެން ޓެސްޓް ހެދުމަށް ފަހުގަ އެވެ.
މާދަމާއިން ފެށިގެން މި އާ އުސޫލަށް އަމަލުކުރަން ފަށާއިރު، މި އުސޫލުގައިވާ މިންގަނޑަށް ފެތޭ، މިހާރު ކަރަންޓީނުގައި ތިބި މީހުންގެ މައްޗަށް ވެސް ހިނގާނެ އެވެ.