ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފި އެވެ.
. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިބަދަލަކީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހަޅުއްވާފައިވާ ބަދަލެކެވެ.
އަދި މިބަދަލާއި އެއްގޮތަށް އެ ބޯޑުން މުޣުނީ ވަކި ކުރިކަން ސްޓެލްކޯ އަށް ވަނީ އަންގާފަ އެވެ.
މުޣުނީ މަގާމުން ވަކި ކުރެއްވުމަށް ފަހު އައްޔަންކުރައްވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ އަށް ކަމަށް އެނގިފައިވެ އެވެ.
+1
+1
+1
+1
+1
+1