ސަތޭކަ އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑްތަކާއެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ށ. މިލަންދުއަށް މިއަދު ތައާރަފުކޮށްފިއެވެ.
އުރީދޫން މިއަދު ބުނީ މިލަންދޫގެ ރައްޔިތުންނަށް އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެ ކަމަށެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އުރީދޫގެ ސުޕަނެޓްގެ ހިދުމަތް އަޕްގްރޭޑްކުރަމުން އަންނަ ކަމަށާއި އެގޮތުން އުރީދޫގެ ހޯމް ބްރޯޑްބޭންޑްގެ ޕެކޭޖްތައް ވަނީ އަލުން އާރާސްތުކުރެވިފައި ކަމަށެވެ.
"ބޮޑެތި ޑޭޓާ އެލަވަންސްތަކާއި ހަލުވި ސްޕީޑްތަކާއި ޑޭޓާ ރޯލްއޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖުތަކަކީ މާކެޓްގައި އެންމެ ރަނގަޅު ޕެކޭޖްތައް. ކުރިއަށްއޮތް ތަނުގައިވެސް ދިވެހިންގެ އިޖުތިމާއީ އަދި އިގުތިސޯދީ ތަރައްގީއަށް މަންފާވާނެ ފަދަ ހިދުމަަތްތައް ފޯރުކޮށްދިނުމުގައި އަަޅުގަނޑުމެން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަރުވަން" ނިޔާޒު ވިދާޅުވިއެވެ.
އުރީދޫން ވަނީ ސުޕަނެޓްގެ ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ލިބިގެންދެއެވެ.
މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށްވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާއެކު މަސް ނިމޭއިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެންދާނެއެވެ.