އައްޑޫސިޓީގައި ދިރޭ ކުކުޅާއި ކޮށި ކުކުޅު ވިއްކުމަށް ހާއްސަ ބޮޑު ކުކުޅު ފާމެއް ހުޅުވައިފިއެވެ.
ރާއްޖޭން ބޭރުން ފިޔޮށް އެތެރެކޮށްގެން ފިޔޮށްތައް ބޮޑުކޮށްގެން ވިއްކަން އިއްޔެ އައްޑޫގައި ހުޅުވިގެން ދިޔަ މި ފާމަކީ ހިތަދޫގެ ކުންފުންޏެއް ކަމަށްވާ ބީޓެކުން ގާއިމުކުރި "ބީޓެކް ޕޯލްޓްރީ ފާމް" ނަމަކަށް ކިޔާ ފާމެކެވެ.
އައްޑޫގައި އަލަށް ފެށި މި މަސައްކަތް އިފުތިހާތުކޮށް ދެއްވީ އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރާއި އައްޑޫގެ ކުރީގެ މޭޔަރު އަދި މިހާރު ސަރުކާރުގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
މި ފާމަކީ ކުކުޅު އާލާކޮށް ކުކުޅުގެ ވިޔަފާރި ފުޅާކުރުމަށް ހިންގާ ފާމެއް ކަމެއް އެތަނުގެ ވެރިފަރާތުން ބުނެއެވެ.
މިހާރުވެސް މި ފާމުން ދިރޭ ކުކުޅާއި ކޮށި ކުކުޅު ވިއްކަމުންދާއިރު މިތަނުން ކުކުޅު ކިލޯއެއް 65ރ. އަށް ގަންނަން ލިބޭނެއެެވެ.