މިނިސްޓަރަކު ސަސްޕެންޑުކޮށް ނުވަތަ ވަޒިފާގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށް ކުރީގެ ނައިބުރައީސް އަދި ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޖަމީލު މިފަދައިން ވިދާޅުވިއިރު އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ މައްޗަށް ދައުވާކޮށްދިނުމަށް އެންޓީ ކޮރަޕްޝަން ކެމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިސް (ޕީޖީ) ގައި އެދުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފު ސަސްޕެންޑު ކުރައްވައިފަ އެވެ.
މިކަމާއި ގުޅިގެން ޖަމީލު ވިދާޅުވީ މިނިސްޓަރުން ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރެއް ނޫން ކަމަށާއި އަދި މިނިސްޓަރަކު މަގާމުން ވަކިނުކޮށް ގާނޫނުއަސާސީން އޭނާއަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.
މިނިސްޓަރަކު ސަސްޕެންޑު ކޮށްފައި ހުންނަ މުއްދަތުގައިވެސް މިނިސްޓްރީގައި ހިނގާ ކަންކަމާއި ގުޅޭގޮތުން މަޖިލީހަށް ޖަވާބުދާރީ ވާން ޖެހޭނީ އޭނާ ކަމަށް ޖަމީލު ވިދާޅުވި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ މަހުލޫފު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވަނީ ދައުވާ ކުރުމާއިމެދު ވަކި ގޮތެއް ނިންމަންދެންނެވެ.
ސަސްޕެންޑު ކުރެއްވިއިރު މަހުލޫފު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
+1
+1
+1
+1
+1
+1