ސިއްހީ ކުއްލި ހާލަތްތަކުގައި ގުޅުމަށް އިމަޖެންސީ މެޑިކަލް ސާވިސް އުފައްދައި ހިދުމަތް ދޭން ފަށައިފި އެވެ.
ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނީ އިމަޖަންސީ މެޑިކަލް ސާވިސް އުފައްދާފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ގުޅިގެން ކަމަށެވެ.
އެގޮތުން މިވަގުތު މެޑިކަލް ސާވިސްއިން ހިދުމަތް ދޭނީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުންގެ ތެރެއިން ކޮވިޑް-19 ގައި ހާލަތު ގޯސްވެ އިމަޖެންސީ ހިދުމަތް ބޭނުންވާ ފަރާތްތަކަށެވެ.
އެމެޑިކަލް ސާވިސްއަށް ގުޅޭނެ ނަމްބަރެއްވެސް މިއަދު ވަނީ ތައާރަފު ކޮށްފަ އެވެ. އެގޮތުން ހަމަޖެއްސި ނަމްބަރަކީ 100 އެވެ.
މިއަދުން ފެށިގެން އެ ނަމްބަރުން ހިދުމަތް ލިބޭނެ ކަމަށް އެޗްއީއޯސީން ބުނެ އެވެ. އެއާއެކު އެ ސެންޓަރުން ވަނީ އިމަޖެންސީ ހާލަތްތަކުގައި އެކަނި އެނަމްބަރަށް ގުޅުމަށް އިލްތިމާސް ކޮށްފަ އެވެ.
+1
+1
+1
+1
+1
+1