އެމް.އާރް.އެމް އާއި އެމްޑީޕީގެ ކޯލިޝަންގެ ފުރަތަމަ ބައްދަލުވުން ރޭ ބާއްވާ ގިނަ ކަންތައްތަކެއް މަޝްވަރާކޮށްފިއެވެ.
އެގޮތުން މި ބައްދަލުވުމުގައި އެމް.އާރް.އެމްގެ ފަރާތުން ހުށަހެޅި މައިގަނޑު ކަންކަމަކީ:
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުން.
ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމް.އާރް.އެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުން.
ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން.
ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް.
ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން.
މިނުކުތާތަކާއި، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއާރުއެމުން ހާމަކުރެއެވެ.
![FvHEjvXakAE-JtH](https://hama.mv/wp-content/uploads/2023/05/FvHEjvXakAE-JtH-705x470.jpg)
+1
+1
+1
+1
+1
+1