ނ. މަނަދޫގައި އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެރަށު އަންނާރުމާގެ، ނައީމާ މޫސާގެ މަރާއި ގުޅިގެން ބާއްވަން ތާވަލުކުރި ފުރަތަމަ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.
ނައީމާ ދިރިއުޅޭ ގޭގެ ތެރޭގައި އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަޒުހަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް، ހުސައިން ފަވާޒުގެ މައްޗަށެވެ.
އެ މީހުންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާ އާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާ ކުރެ އެވެ.
މިމީހުންގެ ތެރެއިން އަބްދުލްވާހިދު ރިފާސްގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި މިއަދު ހެނދުނު 9:00 އަށް ތާވަލުކުރި ނަމަވެސް އަޑުއެހުން ކެންސަލްކުރީ މީހުން އުފުލުމަށް ކަރެކްޝަނުން ބޭނުންކުރާ ލޯންޗެއް ހަލާކުވުމުންނެވެ.