ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާ ކުރިޔަށް ނުގެންދެވިގެ ނިންމާލިކަން މަޖިލީހުގެ ރައީސް އިއުލާން ކުރައްވައިފި އެވެ.
މިއަދު މެންދުރު ފަހުން ފެށިގެން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރި މަޖިލިސް ޖަލްސާ ނިންމާލިކަން މަޖިލީހުގެ ރައީސް މުހައްމަދު މަޖިލީހުގެ ޖަލްސާ މިރޭ ދެވަނަ ފަހަރަށް ފަށައި ނިންމާލެއްވިކަން މަޖިލީހުގެ ރައީސް އަސްލަމް އިއުލާންކުރެއްވައި ވިދާޅުވީ މެމްބަރުންގެ ހަޅޭކުގެ އަޑު ގަދަވެ، ޖަލްސާ ކުރިއަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.
މިރޭގެ ޖަލްސާ ފެށުމަށް ރިޔާސަށް ވަޑައިގަންނަވަން މަޖިލީހުގެ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ފުރުސަތު ނުދެއްވުމުން މިނިސްޓަރުން އިންނަވާ މޭޒުކޮޅުގައި އަސްލަމް ޖަލްސާ ކުރިޔަށް ގެންދެވޭތޯ މަސައްކަތް ކުރެއްވި އެވެ. ބައެއް މެމްބަރުންގެ ނަންވެސް އިއްވެވިއެވެ. ދެވަނަ ފަހަރަށް މިރޭ ޖަލްސާ ފެށިއިރު މަޖިލީހުގެ ރައީސް އަސްލަމް ވަށައިގެން ސިފައިންނާއި އެމްޑީޕީގެ މެންބަރުން ތިއްބެވި އެވެ.
މަޖިލީހުގެ ޖަލްސާ ނިންމެވި އިރު ވަނީ ވޯޓަށް ޖަހަންޖެހޭ ރަނގަބީލުވެސް ޖަހާފައެވެ. ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ކުރިއަށް ގެންދިޔަ މިޖަލްސާ އަކީ ދައުރުން ބޭރުގައި ބޭއްވި ޖަލްސާ އެކެވެ.
+1
+1
+1
+1
+1
+1