މަޖިލިސް އިންތިޙާބު އެމް.ޑީ.ޕީން ކާމިޔާބު ކުރުމަށް ޕްރައިމަރީގައި ވާދަކުރެެއްވި ހުރިހާ ބޭފުޅުން އެކީގައި މަސައްކަތްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ މަޖިލިސް އިންތިޙާބުގައި ގެ ފަރާތުން ވާދަ ކުރައްވާނެ ފަރާތްތައް ކަނޑައެޅުމަށް މިއަދު ބޭއްވި އެޕާޓީގެ ޕްރައިމަރީން ދާއިރާތައް ކާމިޔާބު ކުރެއްވި ހުރިހާ ބޭފުޅުންނަށް ރައީސް ސޯލިހު މަރުހަބާ ދަންނަވައި ވިދާޅުވީ މިއަދު ޕްރައިމަރީ އޮމާންކޮށް ރާވައި ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި ޕާޓީގެ ހުރިހާ ބޭފުޅުންނާއި ވޯޓުލައްވަން ވަޑައިގެންނެވި ހުރިހާ މެންބަރުންނަށް ޝުކުރު ދަންނަވާކަމަށެވެ.
އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީއަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދުންކަމަށް ވެސް ރައީސް ސޯލިހު މިއަދު ވަނީ ވިދާޅުވެފަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ޕްރައިމަރީ ނިމުމާއެކު ކެމްޕޭން ހަރަކާތް ލޯންޗުކޮށް، އަތޮޅު ތެރެއަށް ކެމްޕޭން ދަތުރުތައް ފަށާނެކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އިންތިޒާމުތައް ހަަމަޖެއްސުމުގެ މަސައްކަތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.