ސަރުކާރުގެ ފަރާތުން މި ދައުރުގައި މަޖިލީހަށް ހުށަހަޅާނީ 24 ބިލްކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި މަހުގެ 12 ވަނަ ދުވަހު މި ދައުރުގައި ސަރުކާރުން މަޖިލީހަށް ހުށަހަޅާނެ ބިލްތަކުގެ ތަފްސީލް މަޖިލީހާއި ވަނީ ހިއްސާކޮށްފައެވެ.
އޭގެ ތެރޭގައި ހިމެނެނީ
1. ބިމުގެ ބިލް
2. ބޯހިޔާވަހިކަމުގެ ބިލް
3. ރިއަލްއެސްޓޭޓް ވިޔަފާރީގެ ބިލް
4. އަރބަން ޕްލޭނިން އަދި އަރބަން ޑިވެލޮޕްމެންޓުގެ ބިލް
5. ނަފްސާނީ ސިއްހަތުގެ ބިލް
6. ސިއްޙީ ޚިދުމަތްދިނުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
7. ކޮޕީރައިޓާއި އެއާއި ގުޅޭ އެހެނިހެން ޤާނޫނުތަކަށް އިސްލާހުގެނައުމުގެ ބިލް
8. ދަތުރު ރާވާހިންގުމުގެ ޚިދުމަތްދިނުމާއި ބެހޭ ބިލް
9. ސޮވަރިން ޑިވެލޮޕްމެންޓް ފަންޑުގެ ބިލް
10. ޖިނާއީ އިޖުރާއަތުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
11. ފޮރިން އިންވެސްޓްމެންޓުގެ ބިލް
2. ވިޔަފާރި ރެޖިސްޓްރީކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
13 ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒް އާއި ބެހޭ ޤާނޫނަށް އަށް އިސްލާހު ގެނައުމާއި ގުޅޭ ބިލް
14. ޑިޕްލޮމެޓިކް އިމްތިޔާޒްގެ ބިލް
15. ދައުލަތުގެ ފިސްކަލް ޒިންމާގެ ބިލް
16. ދިވެހިރާއްޖޭގެ ޤާނޫނީ ފަންނަށް އިސްލާހު ގެނައުމުގެ ބިލް
17. އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
18 ދިވެހިރާއްޖޭގެ ޓުއަރިޒަމް އާއި ގުޅޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
19. ވަޒީފާ ގެއްލޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް
20. ވަޒީފާ އާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
21. ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހަކަށް ދޭން ޖެހޭ ރައްކާތެރިކަމާއި އިނާޔަތްތަކާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
22. މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
23 މީޑީއާ ކޮމިޝަންގެ ބިލް
24. ބްރޯޑްކާސްޓްކުރުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް
މި ބިލްތަކުގެ ތަފްސީލް މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރާނެއެވެ.