ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ދެ ވަނަ ދަތުރުފުޅުގައި އައްޑުއަށް މިއަދު ފުރާވަޑައިގަންނަވާއިރު ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތ. ގުރައިދޫއަށެވެ. ގުރައިދޫއަށް ފަހު ތ. އަތޮޅުގެ ނުވަ ރަށަކަށް ރައީސް ވަޑައިގެންނެވި އެވެ.
ރާއްޖޭގައި ދެ ވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑުއަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލު ކުރައްްވާނެ އެވެ. އަދި ސިޓީކައުންސިލުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރައީސް އައްޑުއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30 ގައެވެ. އެއަށްފަހު ރައީސްގެ މި ދަތުރުފުޅުހައި ފުވައްމުލަކުގެ އިތުރުން ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންނެވުނަށް ވަނީ ހަމަޖެހިފައެވެ.
ރައީސް އައްޑުއަށް މިއަދު ފުރާވަޑައިގަންނަވާއިރު ރައިސް ވަނީ މިދިޔަ ހަފުތާގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ވަޑައިގެންފަ އެވެ. ޔޫއޭއީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވީ މި ދިޔަ ބުރާސްފަތި ދުވަހު އެވެ.