ފެނަކައިގެ ކުރީގެ ދެ ވެރިއަކަށް ކޮރަޕްޝަންގެ ދައުވާ ކުރަން ފޮނުވައިފި
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 އަހަރު ފެނަކަ ކޯޕަރޭޝަން މެދުވެރިކޮށް ހިންގި ނާޖާއިޒު ފައިދާ ހޯދުމުގެ މައްސަލައެއްގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ދައުވާކުރަން ފޮނުވައިފި އެވެ.