ފައްޔާޒު ވިދާޅުވީ އެއާޕޯޓު ވިއްކުމުގެ ހުވަފެނެއްވެސް ނެތްކަމަށް
ރާއްޖޭގެ ރީޖަނަލް އެއާޕޯޓުތައް ބޭރުގެ ފަރާތްތަކަށް ވިއްކުމުގެ ވިސްނުންފުޅު ގެންގުޅުއްވާތޯ ނޫސްވެރިން ސުވާލު ދެންނެވުމުން ކޯފާ އިސްކުރައްވައި އެއްވެސް އެއާޕޯޓެއް އަދި ކުންފުންޏެއްވެސް ބޭރުގެ ފަރާތަކަށް ވިއްކުމުގެ ހުވަފެނެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.