ކުދި ތަށީގައި ކެއުމަކީ ހިކެން ފަސޭހަވާނެ ކަމެއް: ދިރާސާ
ފަލަވުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވަނީ ފަލަވުމުގެ ސަބަބުން އެކި ކަހަލަ ސިއްހީ މައްސަލަތައް ކުރިމަތިވާން ފެށުމުންނެވެ. ކިތަންމެ ފަލަ މީހާވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރެދާނެ އެވެ. އަދި ހިކި މީހާ ސިއްހީ ގޮތުން ދުޅަހެޔޮ ނުވެވެސް ހިނގައިދާނެ އެވެ.