ނިޔަތް ނޭނގޭނަމަ ކާފަރު ކުރުމަކީ ދީނާ ހިލާފު ކަމެއް: ހިސާން
މީހެއްގެ ހިތުގައި އޮންނަ ނިޔަތް ނޭނގޭނަމަ އެމީހަކު ކާފަރު ކުރުމަކީ ދީނާ ހިލާފުކަމެއްކަން އިސްލާމީ ތާރީހުން އެންގެން އޮތްކަމަށާއި ލާދީނީ ނޫން މިހަކާ ދިމާއަށް ލާދީނީއޭ ގޮވުމަކީ އެގޮވި މީހާ ލާދީނީ ވާނެ ކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.