މޫކޭއާ ގުޅުވައި ދޮގު މައުލޫމާތު ފޯރުކޮށްދެވުނީ މުވައްޒަފެއްގެ ކުށަކުން: އާރުޑީސީ
ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގް ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) 8 އަހަރު ދުވަހުގެ މުއްދަތަކަށް ކުންފުންޏެއްގެ މެނޭޖަރުގެ މަގާމު އަދާކުރެއްވިކަމަށް ބުނެ ދޮގު މައުލޫމާތު އާންމުކުރެވުނީ އެ އޮފީހުގެ އިދާރީ މުވައްޒަފެއްގެ ކުށަކުން ކަމަށް ބުނެފި އެވެ.