އީރާންގެ ރޫހާނީ ލީޑަރު ޚާމަނައީ އަވަހާރަކޮށްލައިފި
އެމެރިކާއާއި އިޒްރޭލުން އީރާނުގެ ވެރިރަށް ތެހެރާނަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި، އެގައުމުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނައީ އަވަހާރަކޮށްލައިފިއެވެ. އާދީއްތަ ދުވަހުގެ ހެނދުނު ދައުލަތުގެ ބްރޯޑްކާސްޓަރު 'އައި.އާރް.އައި.ބީ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އީރާނުގެ ރޫހީ ލީޑަރު ވަނީ ޝަހީދުގެ ދަރަޖަ ހޯއްދަވާފައެވެ." ދައުލަތާ ގުޅުންހުރި 'މެހެރް' ނިއުސް އިން ބުނެފައިވަނީ "މި މަތިވެރި އިލްމުވެރިޔާ އަދި މުޖާހިދު ވަނީ އީރާން ކުރިއެރުވުމަށްޓަކައި އޭނާގެ ފުރާނަ ގުރުބާންކުރައްވާފައި… އަދި އޭނާ ވަނީ މަތިވެރި ޝަހީދުންގެ އަރިހުގައި"…

















