އިންޑިއާ އިން ޕާކިސްތާނަށް މިސައިލް ހަމަލާތަކެއް
އިންޑިއާއިން ޕާކިސްތާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދީފިއެވެ. މިއީ މިދިޔަ މަހު ކަޝްމީރުގެ އިންޑިއާ ފަޅީގައި ބަޑިން ހަމަލާދީ ބަޔަކު މަރާލި ހާދިސާއަކީ ޕާކިސްތާނުގެ ތާއީދާ އެކު ހިންގި އަމަލެއް ކަމަށް ބުނެ އިންޑިއާއިން ދެމުން ދިޔަ އިންޒާރުތަކަށް ފަހު ދިން ހަމަލާއެއް ކަމަށް އަސްކަރިއްޔާ ވަނީ ބުނެފައެވެ. އެ ހަމަލާގައި މަރުވި ގިނަ މީހުންނަކީ އިންޑިއާ ފަތުރުވެރިންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނީ ރޭ ދަންވަރު "އޮޕަރޭޝަން ސިންދޫރު"ގެ ނަމުގައި ދިން އެ ހަމަލާތަކުގައި ކަޝްމީރުގެ ނުވަ…