'ވިކްރަމް ވޭދާ' ގެ ހިންދީ ރީމޭކުން ސައިފް އާއި ރިތިކު

ވިކްރަމް ވޭދާގެ ހިންދީ ރީމޭކުން ފެންނާނީ ސައިފް އަދި ރިތިކު
ވިކްރަމް ވޭދާގެ ހިންދީ ރީމޭކުން ފެންނާނީ ސައިފް އަދި ރިތިކު
ހޮނިހިރު , 26 ޑިސެމްބަރ 2020 | 11:56

2017 ގައި ރިލީޒްކުރި ކާމިޔާބު ތަމަޅަ ފިލްމު "ވިކްރަމް ވޭދާ" ގެ ހިންދީ ރީމޭކުގައި ފެންނާނީ ސައިފް އަލި ހާން އާއި ރިތިކު ރޯޝަން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ތަމަޅަ ފިލްމުގައި އާރް މާދަވަން އަދާކުރި ރޯލުން ހިންދީ ފިލްމުގައި ފެންނާނީ ސައިފް އެވެ. އަދި ވިޖޭ ސަތުޕަތީ ކުޅުނު ރޯލުން ފެންނާނީ ރިތިކް އެވެ.

ހިންދީ ފިލްމުވެސް ޑައިރެކްޓު ކުރާނީ ތަމަޅަ ފިލްމުވެސް ޑައިރެކްޓު ކުރި ޕުޝްކަރް އަދި ގަޔަތުރީ އެވެ.

"ވިކްރަމް ވޭދާ" ގެ ހިންދީ ފިލްމަށް ކިޔާނެ އަދި އިއުލާނެއް ނުކުރެ އެވެ. އެހެންނަމަވެސް މިފިލްމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މީޑިއާ ރިޕޯޓުތަކުގައި ވަނީ ބުނެފަ އެވެ.

ސައިފް އެންމެ ފަހުން ފެނުނީ ނެޓްފްލިކްސް ސީރީޒް "ސެކްރެޑް ގޭމްސް" ގެ ދެވަނަ ސީޒަނުންނެވެ. އަނެއްކޮޅުން ރިތިކު އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ރިލީޒްވި ކާމިޔާބު ފިލްމު "ވޯ" އިންނެވެ.