ފިލްމުފެއާ އެވޯޑު: އިރްފާން، ތާޕްސީ އަދި އަމީތާބަށް ބޮޑު ކާމިޔާބީއެއް

މިއަހަރުގެ ފިލްމުފެއާ އެވޯޑު ހާސިލް ކުރި ބައެއް ފިލްމުތައް
މިއަހަރުގެ ފިލްމުފެއާ އެވޯޑު ހާސިލް ކުރި ބައެއް ފިލްމުތައް
ހޯމަ , 29 މާރޗް 2021 | 20:42

66 ވަނަ ފިލްމުފެއާ އެވޯޑުގެ ވަނަތައް ހާމަކޮށްފި އެވެ.

މިއަހަރުގެ އެވޯޑުގައި ބައިވެރިކޮށްފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ފިލްމުތަކެވެ. މިދިޔަ އަހަރަކީ ބޮލީވުޑަށް އުނދަގޫ އަހަރެކެވެ. ގިނަ ފިލްމުތައް ރިލީޒް ކޮށްފައިވަނީވެސް ސްޓްރީމިން ޕްލެޓްފޯމުތަކުގަ އެވެ.

އެވޯޑުގައި ބައިވެރިކުރި ފިލްމުތަކުގެ ތެރެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދީ "ތައްޕަޅު"، "ތަނާޖީ: ދަ އަންސަންގް ވޯރިއޯ" އަދި "ގުލާބޯ ސިތާބޯ" އެވެ. އެގޮތުން މި ބަލާލަނީ މިއަހަރުގެ މުހިންމު ބައެއް އެވޯޑު ތަކަށެވެ.

 • އެންމެ މޮޅު ފިލްމު – ތައްޕަޑު
 • އެންމެ މޮޅު ޑައިރެކްޓަރު – އޯމް ރައުތު (ތަނާޖީ: ދަ އަންސަންގް ވޯރިއޯ)
 • އެންމެ މޮޅު ފިލްމު (ކްރިޓީކްސް) – ޕްރަތީން ވަޓްސް (އީބް އޭލޭ އޯއޯއޯ!)
 • އެންމެ މޮޅު ލީޑް ރޯލު (ފިރިހެން) – އިރްފާން ހާން (އަންގްރޭޒީ މީޑިއަމް)
 • އެންމެ މޮޅު އެކްޓަރު (ކްރިޓީކްސް) – އަމީތާބު ބައްޗަން (ގުލާބޯ ސިތާބޯ)
 • އެންމެ މޮޅު ލީޑް ރޯލު (އަންހެން) – ތާޕްސީ ޕައްނޫ (ތައްޕަޅު)
 • އެންމެ މޮޅު ބަތަލާ (ކްރިޓީކްސް) – ތިއްލޯތަމާ ޝޯމް (ސަރ)
 • އެންމެ މޮޅު ސަޕޯޓިން އެކްޓަރު (ފިރިހެން) – ސައިފް އަލީ ހާން (ތަނާޖީ: ދަ އަންސަންގް ވޯރިއޯ)
 • އެންމެ މޮޅު ސަޕޯޓިން އެކްޓަރު (އަންހެން) – ފާރޯހް ޖައްފާރް (ގުލާބޯ ސިތާބޯ)
 • އެންމެ މޮޅު ވާހަކަ – އަނޫބަވް ސުޝީލާ ސިންހަ އަދި މްރުންމައީ ލަގޫ ވައިކުލް (ތައްޕަޑު)
 • އެންމެ މޮޅު ސްކްރީންޕްލޭ – ރޮހެނާ ގެރާ (ސަރ)
 • އެންމެ މޮޅު ޑެބިއު ޑައިރެކްޓަރު – ރާޖޭޝް ކްރިޝްނަން (ލޫޓްކޭސް)
 • އެންމެ މޮޅު އާ މޫނު (އަންހެން – އަލާޔާ ފަރުނީޗަރުވާލާ (ޖަވާނި ޖާނެމަން)
 • އެންމެ މޮޅު މިއުޒިކް އަލްބަމް – ޕްރިތަމް (ލޫޑޯ)
 • އެންމެ މޮޅު ލިރިކްސް – ގުލްޒާރު (ޗަޕާކް)
 • އެންމެ މޮޅު ލަވަކިޔުންތެރިޔާ (ފިރިހެން) – ރާގަވް ޗައިތަންޔާ – އޭކް ތުކްޑާ ދޫޕް (ތައްޕަޅު)
 • އެންމެ މޮޅު ލަވަކިޔުންތެރިޔާ (އަންހެން) – އަސީސް ކޯރް – މަލަންގް (މަލަންގް)

މީގެ އިތުރުން ގިނަ އެވޯޑުތަކެއް ވަނީ ދީފަ އެވެ. މިއަހަރުގެ ފިލްމުފެއާ އެވޯޑުގައި ލައިފްޓައިމް އެޗީވްމެންޓު އެވޯޑު ދީފައިވަނީ މިދިޔަ އަހަރު މަރުވި އިރްފާން ހާން އަށެވެ.