ރަށެއްގައި އުޅުނު ލޮނު ވިއްކާ މީހެކެވެ. ކޮންމެ ދުވަހަކުވެސް ލޮނު ގޯނި އުފުލަނީ އެމީހާ ގެންގުޅޭ ހިމާރުގެ ގައިމަތީގަ އެވެ. ލޮނުގޯނި ހިފައިގެން ކޮންމެ ދުވަހަކުވެސް އެމީހާ މާރުކޭޓަށް ދެ އެވެ.
އެއްދުވަހަކު މިގޮތަށް މާރުކޭޓަށް ދިޔަ ދުވަހެކެވެ. ދިޔަ މަގުމަތީގައި ކޮންމެ ދުވަހަކުވެސް ފެންނަ ކޯރު މިއަދުވެސް ފެނިއްޖެ އެވެ. ހިމާރު ދިޔަގޮތަށް ގޮސް އެ ކޯރަށް ފުންމާލައިފި އެވެ. އެއާއެކު އޭގެ ގައިމަތީގައި އޮތް ލޮނު ގޯނިވެސް ކޯރުގެ ތެރެއަށް ވެއްޓިއްޖެ އެވެ. ގޯނީގައި ހުރި ލޮނުތައް ފެންގަނޑުގެ ތެރެއަށް ގިރިއްޖެ އެވެ. ހިމާރަށް އެ ގޯނި ލުއިވުމާއެކު ވަރަށް އުފާވެއްޖެ އެވެ.
މި ހާދިސާ ދިމާވި ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް ހިމާރު އެ ކޯރަށް އެރެން ފަށައިފި އެވެ. މިކަމާ ލޮނުވިއްކާ މީހާ ކަންބޮޑުވެއްޖެ އެވެ. އެހެންވެ އަނެއްދުވަހު ހިމާރަށް ރަނގަޅު ފިލާވަޅެއް ދަސްކޮށްދޭން ހިތުލި އެވެ.
ޖެހިގެން އައި ދުވަހު ލޮނުގެ ބަދަލުގައި ގޯންޏަށް އެޅީ ކަފަތަކެކެވެ. އަދި ހިމާރުގެ ގައިމަތީގައި އެ ގޯނި ބޭއްވި އެވެ. އެދުވަހުވެސް ހިމާރު ކޯރުގެ ތެރެއަށް އެރެފި އެވެ. މިއަދުވެސް ގޯނި ލުއިވާނެއޭ ހިތާ އެވެ.
އެކަމަކު މިއަދު ދިމާވީ މުޅިން އެހެން ގޮތެކެވެ. ލުއި ވުމުގެ ބަދަލުގައި ހިމާރަށް އިތުރަށް ބަރުވި އެވެ. މާރުކޭޓަށް ދެވެންދެން ހިމާރު އެ ބަރު ގޯނި އުފުލި އެވެ.
ޖެހިގެން އައި ދުވަހު އަނެއްކާވެސް ލޮނު ގޯނި ހިމާރުގެ ގައިމައްޗަށް އެރުވި އެވެ. އެކަމަކު އެދުވަހު ކޯރުގެ ތެރެއަށް އެރޭކަށް ހިމާރަކަށް ނުކެރުނެވެ. އޭގެ ފަހުން އެއްވެސް ދުވަހަކު އެ ހިމާރު ކޯރަކަށް ނޭރެ އެވެ.
ކަން ވާނެ ގޮތެއް ނޭނގި ނަސީބު ހުރިގޮތެއް ބަލަން އަބަދު އަޖުމަ ނުބަލާށެވެ. ނަސީބު ތިމާއާއި ދެކޮޅަށް ހުންނާނީ ކޮން ދުވަހަކު ކަމެއް ނޭނގޭނެ އެވެ.