ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނަވަނިކޮށް ޑރ މުހައްމަދު އިޔާޒުއަށް އެޅި ފިޔަވަޅަކީ އަދުލުވެރި އިޖުރާއަތެއްނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އަދާލަތުޕާޓީން ބުނެފިއެވެ.
އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑރ އިޔާޒަށް ފިޔަވަޅު އަޅާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މުވަށްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް އެފަދަ ސަބަބެއްވެސް އަދި ހާލަތެއްވެސް ނެތި މިފަދަ ފިވަޅުތައް ދީނީ އިލްމްވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ މަޖިލީހުން އެއްގޮތަކަށްވެސް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ޑރ މުހައްމަދު އިޔާސް ވަކި ކުރުމަށް ނިންމި ނިންމުން ކުށްވެރިކުރާ ހާލު އެނިންމުން ބާތިލްކޮށް އަނބުރާ ވަޒީފާ ދިނުމަށްވެސް އަދާލަތުގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.