ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައި ޓީޗަރަކަށް ފިޔަވަޅު އަޅަން ގޮވާލައިފި
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މަދަހައެއް ކީ މައްސަލައިގައި ޓީޗަރަކާއިމެދު ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.
ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް މަދަހައެއް ކީ މައްސަލައިގައި ޓީޗަރަކާއިމެދު ފިޔަވަޅު އަޅަން ގޮވާލައިފި އެވެ.
ދީނީ ގޮތުން ހިޔާލު ފާޅުކުރައްވައި ބައެއް މައްސަލަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ދައްކަވާ ވާހަކަތަކުގެ ސަބަބުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެސިސްޓެންޓް ޕްރޮފެސަރު ޑރ. މުހައްމަދު އިޔާޒު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން އޭނާގެ ދިފާއުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ތެދުވެވަޑައިގެންފި އެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ އެސިސްޓަންޓް ޕްރޮފެސަރގެ މަގާމުގައި ހުންނަވަނިކޮށް ޑރ މުހައްމަދު އިޔާޒުއަށް އެޅި ފިޔަވަޅަކީ އަދުލުވެރި އިޖުރާއަތެއްނެތި، ހަމައާއި އިންސާފުގެ ތަރާދުގެ ބޭރުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އަދާލަތުޕާޓީން ބުނެފިއެވެ. އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޑރ އިޔާޒަށް ފިޔަވަޅު އަޅާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ މުވަށްޒަފުންނާމެދު ފިޔަވަޅު އެޅުމަށް ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާއި ހިލާފަށް އެފަދަ ސަބަބެއްވެސް އަދި ހާލަތެއްވެސް ނެތި މިފަދަ ފިވަޅުތައް ދީނީ އިލްމްވެރިންނާމެދު އެޅުމަކީ އަދާލަތު ޕާޓީގެ އިލްމްވެރިންގެ…
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަގާމުގައި ހުންނެވި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ.އިޔާޒް އަބްދުލް ލަތީފް މަގާމުން ވަކިކޮށްފިއެވެ. ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އެތައް ފަހަރެއްގައި ދިނުމަށްފަހު ޑރ އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ޑރ އިޔާޒު ގެންދަވަނީ މި ސަރުކާރުން ކުރަމުންދާ ދީނާ ގުޅޭ އެކި ކަންކަމަށް ފާޑު ވިދާޅުވަމުންނެވެ. މިކަންކަމާއި ގުޅިގެން މީގެ ކުރިންވެސް ވަޒީފާއަށް ނުނިކުމެވޭ ގޮތަށް ޑރ އިޔާޒު ސަސްޕެންޑުވެސް ކޮށްފައިވެއެވެ.
އަންހެނުން ހިތާނު ކުރުމާއި ގުޅޭގޮތުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒު ދައްކަވާފައިވާ ވާހަކަތަކާއި ގުޅިގެން އެމައްސަލަ ބަލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.