ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އާއި އެކު ސިޔާސީ ގޮތުން ހުރެވެން ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ވަޓްސް އަޕް ގުރޫޕުގައި ރައީސް ނަޝީދު ކުރެއްވި މެސެޖެއްގައި ވިދާޅުވީ، އެމަނިކުފާނުގެ ޒާތީ ކަންކަމުގައި އަބަދުވެސް ރައީސް ސާލިހު އާއެކު އުޅުއްވާނީ އެކުގައި ނަމަވެސް ސިޔާސީ ގޮތުން ދެން ރައީސް ސާލިހު އާއެކު ހުރެވެން ނެތް ކަމަށެވެ.
ނަޝީދުގެ މެސެޖުގައި މިއީ ރައީސުލްޖުމުހޫރިއްޔާ އާއި މައްސަލަ ޖެހިގެން ވިދާޅުވި އެއްޗެއް ނޫން ކަމަށާއި އަދި އެމަނިކުފާނާއި ރައީސް ސާލިހާ މައްސަލަ ނުވެސް ޖެހޭނެ ކަމަށް ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް ފިކުރީ ގޮތުން މިހާރު ރައީސް ސާލިހާ ހިޔާލު ތަފާތު ކަމަށް ވިދާޅުވެ އެއީ ނަޝީދުގެ ދަރިންގެ އިބޫދޮންބެ ކަމަށް ވިދާޅުވެފައިވެއެވެ.
ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ބައެއް މީހުން ހިތްހަމަ ނުޖެހުނަސް ކުރާނެ ކަމެއް ނެތް ކަމަށާއި ރައީސް ޔާމީން އާއި ޕީޕީއެމް އިން މެދު މިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާނަމަ އެބޭފުޅުންގެ އެހީއަށް އެދޭނެ ކަމަށެވެ.