އާ އަހަރަށް ރައީސްގެ ދެކަނބަލުން ލަންކާއަށް ވަޑައިގެންފި
މިއަންނަ ހޮނިހިރު ދުވަހު ފެށޭ މީލާދީ އާ އަހަރާއި ދިމާކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާ އަށް ވަޑައިގެންފި އެވެ. ރައީސް އޮފީހުން ބުނީ ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަކުރެއްވުމަށް ސްރީލަންކާއަށް ފުރާވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ކަމަށެވެ. ޗުއްޓީ ނިންމަވާލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން އަނބުރާ މާލެ ވަޑައިގަންނަވާނީ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު އެވެ. ރައީސްގެ ދެކަނބަލުން މީގެ ކުރިންވެސް ވަނީ ނުރަސްމީ ދަތުރުފުޅުގައި ސްރީލަންކާއަށް…