އެމްޑީޕީގެ ކޮންމެ ވެރިކަމަކުން މިނިވަންކަމަށް ނުރައްކާވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަލީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖީއެމްއާރަށް އެއަރޕޯޓް ވިއްކާ ރައްޔިތުންނަށް އަނިޔާދިން ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވަނީ ގައުމަށް ގައްދާރުވެފައި ކަމަށެވެ. އަދި ބޭރު ސިފައިންނަށް ރާއްޖޭގެ ނުތިބެވޭނެ ކަމަށެވެ. އެފަދަ ވެރިކަންތައް ނިންމަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.
މި ސަރުކާރުން އިންޑިއާ އާއެކު ބާއްވާ ގާތް ގުޅުމުގެ ސަބަބުން އިދިކޮޅު ފަރާތްތަކުން އަބަދުވެސް ގެންދަނީ އެކި ކަންކަމުގެ ތުހުމަތުތައް ރައީސް ސާލިހަށާއި ރައީސް ނަޝީދަށް ކުރަމުންނެވެ. އެގޮތުން އުތުރުތިލަފަޅުގެ އެއްބަސްވުން މިއީ އިދިކޮޅު ފަރާތްތަކުން އެންމެ ބޮޑަށް ކުރަމުންދާ ތުހުމަތެވެ. ރާއްޖޭގެ ބައެއް ސަރަހައްދު ތަކުގައި އިންޑިއާ ސިފައިން ގިނަ އަދަދަކަށް ތިބި ކަމަށް އިދިކޮޅުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.